Close

ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދީ: ފިރުޝާން

ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހައްދަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަލެވީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެދިވަޑައިގެންފިއެވެ.

ފިރުޝާން ވިދާޅުވާ ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގއ. ވިލިނގިލީގައި ވާހަކަ ދައްކަވަމުން ހުވަދު އަތޮޅުގައި އިންޓަނޭޝަލް އެއާޕޯޓެއް ގާއިމް ކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.

ރައީސްގެ ތަސައްވަރަކީ ވެރިކަމުގެ ދައުރު ނިމޭއިރު މަސައްކަތް ނިންމާ ރައްޔިތުންނަށް ހިދުމަތްދޭން ފެށުންކަމުގައި ވިދާޅުވެފައި ވުމުން ރައީސް އަރިހު ތަފާތު ފަހަރު މަތިން މި އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދެވުމަށް ރައްޔިތުން އެދޭ ވާހަކަ ދަންނަވާފައި ވާނެކަމަށާއި އަދި އެކަން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައި ވާކަމަށް ފިރުޝާންވިދާޅުވެފައިވެއެވެ.

މިހާރު ކާޑެއްދޫގެ އެއާޕޯޓް ހިންގުމާ ހަވާލުވެފައިވާ ވިލާ ކުންފުނިން އެއާޕޯޓު އިންޓަނޭޝަނަލް ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފިރުޝާންވިދާޅުވެފައިވެއެވެ. މިހާތަނަށް އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ އެއްވެސް ޕްލޭނެއް ވިލާ ކުންފުނިން ރައްޔިތުންނަށާއ ދެއްކިފައި ނުވާއިރު ރީޖަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާނަމަވެސް ޕްލޭނެއް އޮންނަން ޖެހޭނެކަމަށް ފިރުޝާން ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރާ ގާތްކުރާއިރު އެއާޕޯޓުގެ ވައުދު ނުފުދި އޮތުމުން ކްލަބު ހައުސް ފަދަ ޕްލެޓްފޯމް ތަކުގައި މިސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top