Close

ރައީސް މުޢިއްޒު ޢަޒުލް ކުރުމަށް ސޮއި ހަމަކޮށްފި!

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީށް އޮފީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު ޢަޒުލް ކުުރުމަށް ސޮއި ހަމަކޮށްފިއެވެ.

ރައީސް ޑރ މުޢިއްޒު ޢަޒުލު ކުރުމަށް ނިންމައި ސޮއި ހަމަކޮށްފައިވަނީ އިދިކޮޅު އެމްޑީޕީ އިންނެވެ.

ރާއްޖޭގެ މީޑީއާތަކަށް ތިލަވެފައިވާ ގޮތުން ރައީސް މުޢިއްޒު ޢަޒުލު ކުުރުމަށް ސޮއި ހަމަކޮށްފައިވަނީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓް މެމްބަރުން އެކީގައެވެ. ޢަޒުލް ކުުރުމުގެ މައްސަލައަށް ސޮއި ހަމަވެފައިވީ ނަމަވެސް އެމައްސަލަ އަދި މަޖިލީހަށް ހުށައަޅައިފައެއް ނުވެއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ބޮޑެތި ހަމަނުޖެހުން ތަކެއް ހިނގައިގެން ދިޔައެވެ. އެހަމަނުޖެހުންތަކާއި ގުޅިގެެން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ޤާނޫނޫ އަސާސީ ބުނާގޮތުން 56 މެމްބަރުންގެ ވޯޓާއި އެކު ރައީސުލްޖުމްހޫރިއްޔާ ޢަޒުލްކުރެވޭނެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަގައި އިދިކޮޅު މެމްބަރުން ނާއި ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުންނާއި ދެމެދު ހަމަނުޖެހުން ތަކެއް ހިނގައިގެން ދިޔައިރު، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި ސޮއިކޮށްފައިވަނީ 23 މެންބަރުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top