Close

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލިތާ ހަތަރު ދުވަސް، އަދި ކުރިމަތިލެއްވީ 2 ބޭފުޅަކު!

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން މީޑީއާ ތަކަށް މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ވަން އެމްވީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލިތާ ހަތަރު ދުވަސްވެފައިވާ އިރު، އިންތިޙާބަށް އަދި ކުރިމަތިލައްވައިފައިވަނީ ދެ ބޭފުޅެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނައިބުރައީސް އިސްމާއިލް ޙަބީބް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލިތާ މިއަދަށް 4 ދުވަސް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް އީސީއަށް ލިބިފައިވަނީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ދެ ހުށަހެޅުން ކަމަށެވެ.

“މި ދެ ހުށަހެޅުންވެސް ބަލައިގަނެ، އެ ދެފަރާތަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޖަވާބު އަރުވާފައި” ޙަބީބް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޙަބީބް ވިދާޅުވެފައިވަނީއެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައިކަމަށްެވެސް ޙަބީބް ވިދާޅުވެފައިވެއެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top