އެމްޑީޕީގެ ޓިކެޓްގައި 6 އަންހެން ބޭފުޅަކު 20 ވަަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާނެއެވެ.
އިއްޔެ ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން އެޕާޓީގެ ޓިކެޓް 6 ބޭފުޅަކަށް ޓިކެޓް ލިބިފައިވެއެެވެ.
އެގޮތުން ޓިކެޓް ލިބިވަޑައިގެންފައިވަނީ މާފަންނު އުތުުރު ދާއިރާއަށް އިފްހާމް ހުސެއިން، ހުޅުމާލެ މެދު ދާއިރާއަށް ސަފާތު އަހްމަދު ޒާހިރް، ހިންނަވަރު ދާއިރާ އަށް ޖީހާން މުޙައްމަދު، ފުވައްމުލަކު ދެކުނު ދާއިރާއަށް ނަޒްރާ ނަސީމް، ތިނަދޫ ދެކުނު ދާއިރާއަށް ޒިފްލީން ހަސަން އަދި ދަނގެތީ ދާއިރާއަށް ރުޤިއްޔާ މުޙައްމަދެވެ.
ހުޅުމާލެ މެދު ދާއިރާއަށް ވާދަކުރެއްވި ސަފާތު މި އިންތިހާބު ކާމިޔާބުކުރެއްވީ 105 ވޯޓުންނެވެ. ސަފާތު އާއި ވާދަކުރެއްވި މުހައްމަދު ޝާން އަށް ލިބުނީ 39 ވޯޓެވެ. ފުވައްމުލަކު ދެކު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ އަށް 434 ވޯޓު ލިބިފައިވާއިރު މި އިންތިހާބުގައި ނަޒްރާ އާއި ވާދަކުރެއްވި އަބްދުﷲ އަފީފް އަށް ލިބިފައިވަނީ 70 ވޯޓެވެ. ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރެއްވި ޒިފްލީންއަށް 200 ވޯޓު ލިބިފައިވާއިރު އަބްދުލް އަޒީޒް ރިފާއުއަށް ލިބުނީ 152 ވޯޓެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި އިންތިހާބުގައި 40 ދާއިރާއަކަށް 148 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.






