ޖަމާޢަތުގެ ނަމާދުތަކުގައި ކިޔަމުން އައި ޤުނޫތް ނާޒިލާ ކިޔުން ހުއްޓާލުމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ސިޓީ ތަކާއި ރަށްރަށުގެ ކައުންސިލް ތަކަށް އަންގައިފިއެވެ.
އެވުޒާރާގެ ސަރކިޔުލާއެއްގައި ބުނެފައިވަނީ މިރޭގެ މަޣްރިބް ނަމާދުން ފެށިގެން ޤުނޫތް ނާޒިލާ ކިޔުން ހުއްޓައިލުމަށެވެ.
ޖަމާއާތުގެ ނަމާދުތަކުގައި ޤުނޫތް ނާޒިލާ ކިޔަން ފެށީ ފަލަސްޠީނުގެ ޣައްޒާގައި އިޒްރާއިލްގެ ޔަހޫދީން ހިންގަމުންގެންދާ ޤަތުލް ޢާންމު ތަކާއި ގުޅިގެން 18 އޮކްޓޫބަރ 2023 ގައެވެ.
އޭގެ ފަހުން ޖަމާޢަތުގައި ކުރެވޭ ހުރިހާ ނަމާދު ތަކެއްގައިވެސް ދިޔައީ ޤުނޫތް ނާޒިލާ ކިޔަމުންނެވެ.
ނަމަވެސް ޑިސެމްބަރު 3 2023 ހުން ފެށިގެން އަޑު ހަރުކޮށް ކިޔަވާ ނަމާދު ތަކުގައި އެކަނި ޤުނޫތް ނާޒިލާ ކިޔުމަށް އެންގިއެވެ.
މިއަދުގެ ސާކިޔުލާ އާއި އެކު އެއްވެސް ނަމާދެއްގައި ދެން ޤުނޫތް ނާޒިލާ ނުކިޔާނެއެވެ.






