Close

ރައީސް މަޤާމުން ވަކި ކުރެވޭގޮތައް ޤާނޫނަށް ގެނައި ބަދަލާއި ގުޅޭ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި!

ދިވެހިރާއްޖެގެ ސްޕްރީމް ކޯޓް. ފޮޓޯ: ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރެވޭ ގޮތައް ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ގެނައި އިސްލާޙާއި ގުޅޭ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފިއެވެ.

މި މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅައިފައިވަނީ މިދިޔަ އާދީއްތަ ދުވަހު ބަންޑާރަ ނައިބު އޮފީހުންނެވެ. މި މައްސަލަ ބަލައިގަތްކަން ސްޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

މިދިޔަ އަހަރު މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ ޢަދަދު ގުނާއިރު މަޖިލީހުގެ ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ މެމްބަރުގެ ޢަދަދު ގުނޭނެއެވެ. އެހެންނަމަވެސް ޤާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް މަޤާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ އިސްމަޤާމު ތަކަށް ބައެއް މެމްބަރުން އައްޔަނު ކުރުމަާއި ގުޅިގެން މަޖިލީހުގެ 7 ގޮނޑިއެއް ވަނީ ހުސްވެފައެވެ.

މިއާއި އެކު ޖުމްލަ މެމްބަރުންގެ އަދަދު 80 އަށް ބަދަލުވެ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހާއި އެކު އެމްޑީޕީ ގެ 44 މެމްބަރުންނާއި އާއި ދަ ޑިމޮކްރެޓްސް 13 މެމްބަރުން ގެ ވޯޓުން ރައީސް އަޒުލު ކުރެވޭނެއެވެ.

ރައީސް މުއިއްޒު އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް އިދިކޮޅުން ވަނީ ސޮއި ހަމަ ކޮށްފައެވެ.

އިދިކޮޅު ރައީސް ޢަޒުލް ކުރަން ސޮއި ހަމަކުރިނަމަވެސް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ ރައީސް އަޒުލުކުރިޔަ ނުދޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top