Close

މަސައްކަތް ކުރަނީ އިޚްލާސްތެރި ކަމާއި އެކުގައި، ދެމެހެއްޓެނިވި ތަރައްޤީ ގެންނަން: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

މަސައްކަތް ކުރައްވަނީ އިޚްލާސްތެރި ކަމާއި އެކުގައި ކަމަށާއި، ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދެއްވަން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ކޮޅުމަޑުލު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެތިން ކުންފުންޏެއް ނޫން އެހެން ހުރިހާ ކުންފުންޏެއް އޮތީ ކިރިޔަ ކިރިޔަ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ކުންފުނިތައް ކަމަށެވެ. ސަރުކާރުން ސަތޭކަ ޕަސެންޓް ޙިއްޞާވާގޮތަށް މި ހުންނަނީ ރައްޔިތުންގެ ކުންފުނިތައް ކަމަށެވެ.

އެހެންވީމާ، އެ ކުންފުނިތައް ހަމަޔަކަށް، ހަމަމަގަށް އަޅުވަންޖެހޭ ކަމަށާއި އެތައް ސަތޭކަ މިލިއަން ރުފިޔާގެ ބިލްތައް ނުދެއެްކި އެބަހުރި ކަމަށެވެ. އަދި އެ ރަށުގައިވެސް ޔަޤީން މަސައްކަތްތައް ކޮށްފައި، ސަރުކާރު ކުންފުނިތަކުން ލާރި ލިބެންޖެހޭ އެތައް ބަޔަކު ތިބޭނެ ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

ކުންފުނިތައް ވަރަށް ބޮޑަށް ދަރަނިވެފައި ހުރި ކަމަށާއި އެއީ ަ މިސް މެނޭޖްމަންޓުގެ ސަބަބުން ވެގެން ގޮސްފައި ހުރި ކަންކަން ކަމަށެވެ. މި ކަންކަމަކީވެސް ހަމަޔަކަށް އަޅުވަންޖެހޭ ކަންކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑު މި މަސައްކަތް ކުރަނީ އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ގެންނަން ކަމަށްވާތީ، މި ޙަޤީޤަތްތައް ގަބޫލުކޮށްގެން ކުރިއަށްދާ ކަމަށްވަންޏާ، ނުކުންނާނީ ރަނގަޅު ނަތީޖާ” ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވީ ޙަޤީޤީ މާނައިގައި ތަރައްޤީ ގެނެސްދޭން ކަމަށެވެ.

ރައީސް ޑރ މުޢިއްޒު ވިދާޅުވީ އިޚްލާސްތެރިކަމާއި އެކު ކުރިއަށްދާކަމަށްވާނަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ކަންކަން ދާނީ އުޖާލާކޮށް ދާނެ ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top