Close

ސައުދީގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ދިވެހި ޙައްޖާޖީންނަށް އެހީތެރިވެދިނުމުގެ ހުއްދަ ދީފި!

ޙައްޖު ކޯޕަރޭޝަންގެ ދަށުން ޙައްޖުގެ އަޅުކަމަށް ގޮސް ތިބި ބައެއް. ފޮޓޯ: އަވަސް

ސަޢުދީޢަރަބިއްޔާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ދިވެހި ޙައްޖާޖީންނަށް އެހީތެރިވެ ހަރަކާތްތެރި ވުމަށް ސަޢުދީސަރުކާރުން ހުއްދަދީފިއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަޢޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން، ސަޢުދީ ޙައްޖު ވުޒާރާއިން އެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށްްއެވުޒާރާއަށް މިއަދު ވަނީ އަންގަވާފައި ކަމަށެވެ.

“މިފުރުޞަތުގައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓަރ ޑރ ތައުފީޤަށާއި ޙައްޖާއި ޢުމްރާ އާ ގުޅޭ ސަޢޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން” ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

މިހާރުވެސް ރާއްޖެއިން ޢުމްރާ އަށްދާ ޢުމްރާވެރިންނަށް ސަޢުދީގައި ތިބޭ ދިވެހި ދަރިވަރުން އެހީތެރިވެއެވެ. އެގޮތުން އަމިއްލަ ޙައްޖު ޢުމްރާ ގްރޫޕްތަކުން ޢުމްރާއަށްދާ ޢުމްރާވެރިނަށްވެސް އެދަރިވަރުން ދަނީ އެޙިތެރިކަން ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top