Close

މިމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް 8900 ފަތުރުވެރިން އައިސްފައިވޭ، މިއީ ރިކޯޑް ޢަދަދެއް!

ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންތަކެއް. ފޮޓޯ: ޕީއެސްއެމް

މިމަހުގެ 3ވަނަ ދުވަހު ރާއްޖެއަށް 8900 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަަށް ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ މިހާތަނަށް 236730 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މިމަހުގެ 3ވަނަ ދުވަހު ޒިޔާރަތްކުރި ޢަދަދަކީ ރިކޯޑް ޢަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮވިޑަށް ފަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ 23 ޑިސެމްބަރު 2023 ގައެވެ. އެ ދުވަހު 8054 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑްގެ ކުރީގެ ރެކޯޑުތަކަށް ބަލާއިރު އެއްދުވަސް ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެދުވަހު 9000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެފަހުން އާއްމުކުރި ތަފާތު ހިސާބުތަކަށް ބަލާއިރު މިހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް 236،730 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13.7 އިތުރު އަދަދެކެވެ. އެއީ މިދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 208،162 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6،398 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު އެންމެފަހުގެ ތަފާސް ހިސާބުދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެއްޤައުމަކުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 28،304 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު ދެވަނައަށް ޒިޔާރަތްކުރި އިޓަލީ ވިލާތުން 23،749 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މި ލިސްޓުގެ ތިންވަނާގައި އުޅޭ ރަޝިޔާއިން 23،399 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top