Close

ފްލެޓް ލިސްޓު އަލުން އެކުލަވާލާކަމަށް ބުނެ ފަތުރަނީ ދޮގެއް!

ކުރީ ސަރުކާރުން އެކުލައިވައިލި ފްލެޓް ލިސްޓު އުވައިލައި އަލުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވައިލާކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅިގެން އެވުޒާރާގެ ނައިބު ހުސެއިން ޢިމްރާން މީޑިއާއަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން މިސަރުކާރުން އަލުން ކަނޑައަޅަން ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މިފަދަ ދޮގު ވާހަކަތައް ފަތުރައި އާންމުންގެ އިހުސާސްތަކާ ކުޅުމުން ޤާނޫނު އަމިއްލަ އަތަށް ނަގައި ތަންފީޒު ކުރަން މީހަކު އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށްް އިމްރާން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އާންމުންނާއި ގުޅުންހުރި މިފަދަ ކަންކަމުގައި ޒިންމާދާރުވުމަށާއި ދޮގު މަޢުލޫމާތު ނުފެތުރުމަށް ވެސް ޢިމްރާން ގޮވާލައިފައިވެއެވެ.

ފްލެޓް ލިސްޓު އަލުން އެކުލަވައިލާ ކަމަށް ބުނާ ޚަބަރުތަކެއް ފެތުރެމުންދާ އިރު ޢިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ފްލްޓް ތަކުގެ ކަންތަކާއި ގުޅެ ގޮތުން އިއްޔެ ހާމަކޮށްފައިވާ މައުލޫމާތުގައި އޭސީސީން ތަހުޤީޤުކޮށް ބެލިބެލުމުން ޝަރުތު ހަމަވާ އަދި އިތުރު މައްސަލައެއް ހުރިިކަން ފާހަގަ ނުވާ މީހުންގެ ލިސްޓެއް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުންދާ ކަމަށާއި ފްލެޓް ލިސްޓުގައި ހިމެނޭ ހައްޤުވެރިންނަށް ފްލެޓު ދޫކުރާނީ އޭސީސީ އަދި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށްވެސް ވަނީ ބުނެފަ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން 13،000 އަށް ވުރެ ގިނަ ފޯމު ޝަރުތު ހަމަވާކަމަށް މިދިޔަ ސަރުކާރުން ވަނީ ކަނޑައަޅައި އެ އެންމެންނަށް ފްލެޓު ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ 4،000 މީހުންނަށް ފްލެޓުތައް ގުރުނަގައި އެއްބަސްވުމުގައި ސޮއިވެސް ކޮށްފައިވެއެވެ.

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top