ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމޯ އިދާރާ މޯލްޑިވްސް މީޓޮރޮލޮޖީ އިން ބުނެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ށ.އަތޮޅުން މ.އަތޮޅަށް ރޭގެ ފަތިހު 5:00 އިން ފެށިގެން މިރޭގެ 11:00 އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދިގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ނެރެފައިވާ މޫސުމީ ބްލެޓިންގައި ބުނެފައިވަނީ މިއަދު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށާއި މެދުރާއްޖެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.
“އިރުއުތުރާއި އިރުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ” މެޓުން ބުނެފައިވެއެވެ.
ކަނޑުތަކަށް ބަލައިލާއިރު މެދުރާއްޖެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށް ބުނެފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށްވެސް ބުނެފައިވެއެވެ.
ރާޅުގެ އުސްމިނަށް ބަލައިލާއިރު މެދުރާއްޖެއާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ. އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށސްފައިވަނީ ތިން ފޫޓާއި ފަސް ފޫޓާއި ދެމެދުގައިކަމަށް ވެސް ބުނެފައިވެއެވެ.






