Close

އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ފައިލޭރިއާއަށް ޓެސްޓް ކުރަނީ!

އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ފައިލޭރިއާއަށް ޓެސްޓު ކުރަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ އިން ބުނެފިއެވެ.

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ފައިލޭރިއާ އަލުން ރާއްޖެއިން ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ފައިލޭރިއާއަށް ބަޔަކު ޕޮޒިޓިވް ވެފައިވަނީ ހދ ކުޅުދުއްފުށިންނެވެ. ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވަނީ އެރަށުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންތަކެކެވެ.

ކުޅުދުއްފުށިން މުޅިއެކު 32 މީހަކު ވަނީ ފައިލޭރިއާއަށް ޕޮޒިޓިވް ވެެފައެވެ. އަދި އެއީ މުޅިންވެސް ބިދޭސީ މަސައްކަތް ތެރިންނެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާ ޓެސްޓްކުރުމަށް ހިންގާ ހަރަކާތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ބައެއް ރިސޯޓްތަކުގެ އިތުރުން ސިނާއީ މަސައްކަތް ކުރާ ބައެއް ރަށްތަކުގައިވެސް ކުރިޔަށް ގެންދާނެކަމަށެވެ.

އެ އެޖެންސީ ބުނީ މި ސްކްރީނިންގައި ބައިވެރިކުރާނީ ކޮންމެ ރަށަކުންވެސް 18 އަޖަރުން މަތީގެ މީހުންގެ ތެރެއިން ވަކި އަދަދަކަށް މީހުންކަމަށެވެ. އެމީހުން ހޮވާނީ ގުރުއަތު ނަގައިގެންކަމަށާއި އޭގެތެރޭ ގައި ދިވެހިންނާއި ބިދޭސީން ހިމެނޭނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާ ޓެސްޓް ކުރާނީ ލޭ ނަގައިގެން އެންޓިޖަން ޓެސްޓިން ކީޓް ބޭނުންކޮށްގެންކަމަށާއި 10 މިނެޓާއި 15 މިނެޓް ތެރޭ ނަތީޖާ ލިބޭނެކަމަށްވެސް އެ އެޖެންސީ ބުނެއެވެ.

ޓެސްޓުކުރުމަށްފަހު ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފައިލޭރިއާގެ ފަރުވާއަށް ބޭނުންކުރާ ބޭސް ސިއްހީ ހިދުމަތްތެރިންގެ ބެލުމުގެ ދަށުން ދެމުން ގެންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top