Close

އޭސީސީ އިން ހެދި ފްލެޓް ލިސްޓެއް ކަމަށް ބުނެ ދައުރުވަމުންދަނީ އެކޮމިޝަންގެ ލިސްޓެއް ނޫން: އޭސީސީ

އެންޓި ކޮރަޕްޝަން ކޮމުޝަންގެ މެމްބަރުން. ފޮޓޯ: ޕީއެސްއެމް

އެންޓި ކޮރަޕްޝަން ކޮމިޝަނުން ހެދި ފްލެޓް ލިސްޓެއް ކަމަށް ބުނެ ދައުރުވަމުންދަނީ އެކޮމިޝަނުން އުފައްދައިފައިވާ ލިސްޓެއް ނޫން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީ އިން މިހެން ބުނެފައިވަނީ އޭސީސީން މިފަދައިން ބުނެފައި މިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4000 މީހުންގެ ތެރެއިން 1411 މީހަކު ޝަރުތު ހަމަ ނުވާ ކަމަށް ބުނާ ލިސްޓެއް އޭސީސީގެ ލޯގޯ އާއި އެކު މިއަދު "އެކްސް" ގައި ދައުރުވަމުންދާ ދަނޑިވަޅެއްގައި އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ ފްލެޓް މައްސަލައާއި ގުޅޭގޮތުން އެ ކޮމިޝަނުގެ ތަހުޤީގަށް ހޯދިފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ތަހުޤީގުގެ ބޭނުމަށް ތައްޔާރު ކޮށްފައިވާ ލިސްޓެއްގެ މަޢުލޫމާތު މިހާތަނަށް ހިއްސާކޮށްފައި ވާނީ، ހައުސިންގ މިނިސްޓްރީ އާއި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އެކަނި ކަމަށެވެ.

އަދި އެ މައްސަލަ އާއި ގުޅޭ އިތުރު މަޢުލޫމާތެއް ނުވަތަ ލިޔުމެއްވެސް ކޮމިޝަނުން ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްވެސް އާއްމުކޮށްފައި ނުވާނޭކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

" ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް މީސްމީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަ ފެތުރުމަކީ ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ކަމަކަށްވާތީ، އެކަމާ މެދު މި ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ވާހަކަ ދަންނަވަން " އޭސީސީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

 

އޭސީސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކޮމިޝަނުން ތަހުޤީގުކުރާ މައްސަލަތަކުގައި، އާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ހިއްސާކުރާނީ ކޮމިޝަނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުންނާއި، މީޑިއާތަކަށް ރަސްމީކޮށް މައުލޫމާތު ފޯރުކޮށްދީގެންކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top