ގއ ދާންދޫ ސްކޫލްގެ ދަރިވަރުންނަށް މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއި ބެހޭ މަޢުލޫމާތު ފުލުހުން ދީފިއެވެ.
ފުލުހުން ބުނެފައިވަނީ ގއ. ދާންދޫއަކީ ކުށްމަދު އަމާން މާހައުލެއް އޮތް ރަށަކަށް ހެދުމަށާއި ސްކޫލު ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަަސައްކަތުގެ ތެރެއިން، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ދާންދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ދާންދޫ ޕޮލިސް ސްޓޭޝަނާއި ރޯޑް ޕޮލިސް ގުޅިގެން މި މަހު 12 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ކުލާހުގައި މަގުމަތީގެ އަދަބުތަކާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ދަރިވަރުންނަކީ ގަވާއިދުތަކަށް ބޯލަނބާ ބަޔަކަށް ވުމަށާއި ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ދަރިވަރުންގެ ކިބައިން ފެނިގެން ނުދާނެގޮތަށް އަމަލުތައް ބެހެއްޓުމަށާއި ފުލުހުން ކުރަމުންގެންދާ މަސައްކަތުގައި ބައިވެރިވެ އްބާރުލުން ދިނުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.






