Close

ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް އިސްލާމް އަދި ދިވެހިބަސް ކިޔަވައިދިނުމަށް “ރިވެލި” ޕްރޮގްރާމް އިފްތިތާޙް ކޮށްފި!

ރިވެލި ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމަށް އުފައްދައިފައިވާ އޮންލައިން ޕްރޮގްރާމް “ރިވެލި” އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙް އިމާރާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިނ އެޤައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހަފްލާގެ ތެރެއިންނެވެ.

“ރިވެލި” ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެކުވެރި ޢަރަބި އިމާރާތުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، ދިވެހި ބަހުގެ ވުޒާރާގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށްވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބިޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް ވަޢުދުވެވަޑައިގެންފައިވާ ގޮތުގެ މަތިން އިފްތިތާޙް ކޮށްދެއްވި ޕްރޮގްރާމެކެވެ.

ޔޫއޭއީގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށް ބޭއްވުނު މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމަށް ވަޑައިގެންނެވި އެކުވެރި އަރަބި އިމާރާތުގައި ދިރިއުޅޭ ދިވެހިންނަށް ދަތިވާ ކަންކަމާއި ބޭނުންވާ ކަންކަމާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top