Close

ހިޔާ ފްލެޓަށް ލިފްޓު އިތުރު ކުރުމުގެ މަސައްކަތް ފަށައިފި!

ހިޔާ ފްލެޓް ތައް. ފޮޓޯ: މިހާރު

ހިޔާ ފްލްޓްތަކަށް ލިފްޓް އިތުރުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން ބުނެފައިވަނީ މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި މުޅި ޖުމްލަކޮށް 32 އާ ލިފްޓް ބެހެއްޓިގެންދާނެކަމަށެވެ.

އެޗްޑީސީ އިން ބުނެފައިވަނީ ހަރުކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ފްލެޓަކަށް އިތުރު ޕެސެންޖަރ އަދި ސްޓްރެޗަރ ލިފްޓެކެވެ. އެގޮތުން ޕެސެންޖަރ ލިފްޓުގައި 14 މީހުންގެ ޖާގަ ހުންނާނެކަމަށެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނި މި މަޝްރޫއު އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެއްކަމަށެވެ.

އަދި މި ލިފްޓުތައް ހަރުކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ.

އަދި އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވީހާވެސް ފަސޭހަ ވާނެހެން ކަންތައް ކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައި ވާއިރު، މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމޭނެކަމަށް ވެސް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.

ހިޔާފުލެޓްގައި އިތުރު ލިފްޓް ހަރުކޮށްދިނުމަކީ ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާއިރު ވެރިކަމަށް ވަޑައިގެންވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް ހިޔާ ފުލެޓްގައި ލިފްޓް ހަރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top