Close

ރާއްޖެގެ އެންމެ ފުރަތަމަ ޤާއިމް ކުރެވުނު އިސްރަށްވެހިންގެ ނާދީ ރައީސް މުއިއްޒު ހުޅުވައިދެއްވައިފި!

ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމް ކުރެވުނު އިސްރަށްވެހިންގެ ނާދީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ދެކަބަލުން ހުޅުވައިދެއްވައިފިއެވެ.

އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި ނާދީ ހުޅުވައިދެއްވައިފައިވަނީ ރައީސްގެ ދެކަނަބަލުންނެވެ. ރައީސްގެ ދެކަނބަލުންގެ އިތުރުން މި ރަސްމިއްޔާތުގައި ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފާއި ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އިސްރަށްވެރިހިންގެ ނާދީ ހުޅުވައިދެއްވައި ރައީސް މުޢިއްޒު ވަނީ އުފާގެ ނަމުގައި ފޮޓޯ މުބާރާތް އިފްތިތާޙް ކޮށްދެއްވައިފައެވެ.

އިސްރަށްވެހިންގެ މަރްކަޒު ހުޅިވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

އިސްރަށްވެރހިންގެ ނާދީ ޤާއިމްކޮށްފައިވަނީ ކުރިން ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒު ހިންގި ޢިމާރާތުގައެވެެ.

މާލޭގައި ޤާއިމްކުރި އިސްރަށްވެހިންގެ ނާދީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top