Close

މަސްވެރިންނަށް ނުދެވިހުރި ފައިސާ މާރޗް 5ގެ ކުރިން ދީ ނިންމާނެ: ވަޒީރު ޝިޔާމް

މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ

މަސްވެރިންނަށް ނުދެވިހުރި ފައިސާ މާރޗް މަހުގެ 5ގެ ކުރުން ދީ ނިންމާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް މިފަދައިން ވިދާޅުވެފައިމިވަނީ ކޫއްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާެއް ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޓްވިޓާގައި ކުރައްވައިފައިވާ ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވެފައިވަނީ ކޫއްޑޫގައި މަސްވެރިން މިވަގުތު ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންގެ ނުތަނަވަސް ކަމަކީ މިވަގުތު ސަރުކާރަށް އެކަމެއްގެ ކަންބޮޑުވުން އެންމެބޮޑަށް އޮތް އަދި އެންމެބާރަށް ހައްލު ކުރަން މަސައްކަތް ކުރަމުން ގެންދާ ކަންބޮޑުވުންކަމަށެވެ. އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޙައްޤުހޯދަންކުރާ ސުލްހަވެރި އިހުތިޖާޖުތަކަށް މަރުޙަބާކިޔާނެ ކަމަށާއި ކޫއްޑުގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭނެ މާހައުލެއް އޮތުމަކީ އިހުތިޖާޖުގައި ބައިވެރިނުވާ އެތައް ދޯންޔެއްގެ މަސްވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މީގެއިތުރުން އެ މާހައުލު ޤާއިމުކޮށްދެއްވުމަށް އިހުތިޖާޖުގައި ތިއްބެވި މަސްވެރިންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.=

“މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން” ޝިޔާމް ވިދާޅުވެފައިވެއެވެ.

މީގެއިތުރަށް ޝިޔާމް ވިދާޅުވެފައިވަނީ މަހުގެ އަގު މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައެވެ. އަދި މަސްވެރިންގެ ކަންކަން ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ގެންދަވަނީ ވަރަށްގާތުން ބައްލަވަމުން ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

“ކޫއްޑޫގައި ތިއްބެވި މަސްވެރިންނާ ބައްދަލުކޮށްލަން އަޅުގަނޑު ކޫއްޑޫއަށް ދިއުމަށްޓަކައި ށ. އަތޮޅުން އެބަ ދަތުރުކުރުރަން، މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ އަޅުގަނޑުމެން” ވަޒީރު ޝިޔާމް ވިދާޅުވެފައިވެއެވެ.

ކޫއްޑޫގައި މަސްވެެރިން ކުރަމުންދާ މުޒާހަރާ ހޫނުވެ ފުލުހުން ހަރަކާތް ތެރިވެފައިވާއިރު، ކޫއެްޑޫގެ އޮޕަރޭޝަންތައްވެސް މަސްވެރިން ވަނީ ހުއްޓުވައިފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top