މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސްކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވާދަކުރައްވަން ނިންމަވައިފިއެވެ.
ޝާހިދު މިކަން އިޢްލާނުކުރައްވައިފައިވަނީ ޓްވިޓާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ޝާހިދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލެެއްވުމަށް ނިންމަވައިފައިވާ ކަމަށެވެ.
“އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމް ޑީ ޕީ ނިކުމެ ރައްޔިތުން އެދޭމިސްރާބަށް ރަާއްޖެ އަލުން ގެންދިޔުމަށް އެންމެންއެކުވެ އަތުގުޅާލަންވެއްޖެކަން ބަލާލިކޮންމެދިމާލަކުން މިއަދު މިއޮތީ ފެންނާން” ޝާހިދު ވިދާޅުވެފައިވެއެވެ.
https://twitter.com/abdulla_shahid/status/1759129163896959219
އަދި ޢާންމު މެމްބަރުންގެ އެއްބާރުލެއްވުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.
ޕާޓީގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މި މަހުގެ 20 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާއިރު، އަދި އެ މަގާމަށް ވާދަކުރައްވާ ކަން އިއުލާން ކޮށްފައިވަނީ ޝާހިދު އެކަންޏެވެ.






