ތ.އަތޮޅުން އައްޑޫ ސިޓީއަސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދުސަމާޅު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ މިއަދު ހެނދުނުގެ 7:00 ފެށިގެން މިއަދުގެ 12:00 އާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
White Alert issued. pic.twitter.com/farVxZ7zOc
— Maldives Meteorology (@MetMaldives) February 20, 2024
މެޓް އޮފީހުން ވަނީ ކަނޑުގަދަވެދާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.






