ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން މަގުމަތީގައި ބަހައްޓާފައި ހުރި 56 އުޅަނދެއް ނައްތާލައިފިއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މިނިސްޓްރީގެ އިސްނެގުމުގެ މަތިން ފެށި މި މަސައްކަތަކީ އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
މި މަސައްކަތަކީ ދަތުރުފަތުރާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ޕްރޮގްރާމް ގެ ތެރެއިން ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތެވެ.
އަދި އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް މި ޕްރޮގްރާމް ގެ ތެރެއިން ވަނީ ހުޅުވާލާފައެވެ.






