Close

މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި!

ޢަރަބިއްޔާގެ އައު ޢިމާރަތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު. ފޮޓޯ: ތަޢުލީމީ ވުޒާރާ

އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އިއްޔެ މަދަރުސަތުލް ޢަރަބިއްޔަތުލް ޢިސްލާމިއްޔާގެ އައު ޢިމާރާތުގެ މަސައްކަތް ފެށުނު އިރު، 10 ފަންގިފިލާއަށް އިމާރާތް ކުރާ އެޢިމާރާތް އެޅުމަށް ހަމަޖައްސައި މަސައްކަތް ފަށައިފައިވަނީ މާލޭގެ ކުރީގެ ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށީގައެވެ.

ޢަރަބިއްޔާގެ އައު ޢިމާރާތުގެ މަސައްކަތް ފެށުމަށް ހާއްޞަކޮށްގެން ބޭއްވުނު ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައި ދެއްވީ ތައުލިމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އިސްމާއިލް ޝަފީޢުއެވެ.

މި ރަސްމިއްޔާތުގައި ތައުލީމީ ވަޒީރު ޝަފީޢު ވާހަކަފުޅު ދެއްކެވިއެވެ. ވަޒީރުގެ ވާހަކފުޅުގައި ވިދާޅުވީ މި އިމާރާތަކީ 10 ބުރީގެ އެންމެ ޒަމާނީ އިމާރާތެއް ކަމަށާއި، އަދި މި އިމާރާތަކީ އެންމެ ފުރަތަމަ އަންޑާރ ގްރައުންޑް ޕާކިންއަކާއިއެކު ދިވެހި ރާއްޖޭގައި ޤާއިމްކުރެވޭ އެންމެ ފުރަތަމަ ސުކޫލް އިމާރާތައް ވެގެންދާނެކަމަށެވެ.

ވަޒީރު ޝަފީޢުވިދާޅުވީ 150އަށް ވުރެ ގިނަ ސައިކަލާއި ސުކޫލަށް ބޭނުންވާ މުހިންމު 4 ފުރުޅުލީ ވެހިކަލްތައްވެސް ޕާކިން އޭރިޔާ ތެރޭގައި ޕާކު ކުރެވޭ ގޮތަށް ޢަރަބިއްޔާގެ އައު ޢިމާރާތް ފަރުމާ ކުރެވިފައިވާ ކަމަށެވެ. އަދި އެޢިމާރާތުގައި 42 ކުލާސް ރޫމް، ސައިންސް ލެބް، ލެބޯޓްރީތަކާއި މަލްޓިޕާޕަސް ހޯލް އަދި ކުދިން ކުޅޭނެ ޓަރފްދަނޑެއްވެސް ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޢަރަބިއްޔާ ސްކޫލް އެޅުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ދުވަހުއެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ހުރެ ނިމިދިޔަ ސަރުކާރު ނިމުނުއިރުވެސް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ޢިމާރާތުގެ ޢަމަލީ މަސައްކަތްވަނީ ނުފެށިއެވެ.

ދެއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް އިއްޔެ ފެށުނު މިމަސައްކަތަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 14 ހަފްތާގައި ފައްޓަވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top