Close

56 މަސްވެރިއަކު މިހާތަނަށް ރެސްކިޔު ޑައިވް ކޯސް ފުރިހަމަ ކޮށްފި: ވަޒީރު ޝިޔާމް

މިހާތަނަށް 56 މަސްވެރިއަކު ރެސްކިޔު ޑައިވް ކޯސް ފުރިހަމަ ކޮށްފައިވާ ކަމަސް މަސްވެރިމާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔަމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ އެމަނިކުފާނު ޓްވިޓަރ ގައި ކުރައވައިފައިވާ ޓެވީޓެއްގައެވެ.

ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަޅުވެރިން ތަމްރީނު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް އެ ވުޒާރާއިން ހިންގާ ޕްރޮގްރާމުގެ އެހީގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ފުރިހަމަކޮށްފައިވާ ކަމަށް ވަޒީރު ޝިޔާމުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެގޮތުން މިހާތަނަށް ރަށްރަށުން ޑައިވަރުން ތަމުރީނު ކުރި އަދަދުތަކަކ:ީ

ގދ. މަޑަވެލި 08

ގއ. ކޮލަމާފުށި 05

ގއ. ވިލިނގިލި 14

ގއ. ދެއްވަދޫ 07

ގއ. ނިލަންދޫ 04

ގއ. ދާންދޫ 07

ސ. މަރަދޫ 11

މި ޕްރޮގްރާމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގެ ފުރަތަމަ ތަމްރީނުތައް ހިންގައިފައިވަނީ ދެކުނުގެ އަތޮޅުތަކުގައި ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top