Close

ރޯދަމަހާއި ހަރޯދައިގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހެނދުނު 9އަކުން މެންދުރު 1 ކަށް

ރޯދަމަހާއި ހަރޯދައިގެ ތެރޭގައި ސަރުކާރުގެ އޮފީސްތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 ން މެންދުރު 1:00 އަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައި، 2022 މާރިޗު 6 ގައި އެކަމާބެހޭ ދެންނެވުމެއް ނެރުއްވައިފައި ވާކަމަށެވެ.އެހެންކަމުން، މި އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށްެވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް، އެ ދެންނެވުމުން ވަނީ އަންގަވައިފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ސަރުކާރުގެ އޮފީސްތަކާއި ސްކޫލް މަދަރުސާތައް ބަންދުކޮށް އަޅުކަން ތަކުގައި މަޝްޣޫލް ވުމަށް ވަގުތު ދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top