Close

މާޗް މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލް ޑޮމިސްޓިކް ރޭޓުން ދެއްކޭނެ ކަމަށް ނިންމަވައިފި!

އަންނަ މާޗް މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓު ބިލް ޑޮމިސްޓިކް ރޭޓުން ދެއްކޭނެ ގޮތައް ބަދަލުގެންނަވައިފައިވާ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދދާޅުވީ މިހާރު ރާއްޖެގެ އަތޮޅުތަަކަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކިގެ ތެރެއިން ހދ ކުޅުދުއްފުށްޓަށް ވަޑައިގެން އެސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކި ފުޅުގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ.

އަދި ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެކަމުގައި ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކުރިއަށްއޮތް އަހަރުތަކުގައި އިޤުތިޞާދު ވަރުދަގަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުން، ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް "ގަވަރމަންޓު ރޭޓް"ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top