Close

އިސްލާމީ ވުޒާރާއާއި އެންޓީވީ އާއި ދެމެދު ފަހުމު ނާމާ އެއްގައި ސޮއިކޮށްފި!

އިސްލާމީ ވުޒާރާއާއި އެންޓީވީ އާއި ދެމެދު ފަހުމު ނާމާއެއް ގައި ސޮއިކޮށްފިއެވެ.

އިސްލާމީ ވުޒާރާއާއި އެންޓީވީ އާއި ދެމެދު ވެވުނު މިއެއްބަސްވުމަކީ އެއް އަހަރު ދުވަހުގެ މުއްދަތަށް ވެވުނު އެއްބަސްވުމެކެވެ.

މިއެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހު އިސްލާމީ ވުޒާރާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދީނީ ޕްރޮގްރާމްތައް އެ ޓީވީ މެދުވެރިކޮށް ދުރަށް ދެއްކޭނެ ކަމަށްވެސް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.

މި ފަހުމުނާމާ އަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ތައްޔާރުކުރާ ބައެއް ވީޑިއޯ/އޯޑިއޯ ޕްރޮގްރާމްތައް، ބްރޯޑްކާސްޓްކުރުމަށް ސޮއިކުރެވުނު ފަހުމުނާމާ އެކެވެ.

މިފަހުމު ނާމާގައި އިސްލާމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ވަޒީރުގެ ނައިބު އަލީ ޢަހްސަން އިޙްސާނެވެ. އަދި އެންޓީވީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ އެޓީވީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އިބްރާހިމް އާޒިމްއެވެ

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top