ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެވަޑައިގަތް ވަޢުދުތައް ފުއްދަވާދެއްވާނީ ޤައުމު ވެފައި އޮތް ދަރަނިތައް ފުއްދަވަމުން ކަމސް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ ހދ ނޮޅިވަރަންފަރަށް ކުރައްވެވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެެ.
ރައީސް މުޢިއްޒު ވިދާޅުވީ މިދިޔަ ތިންމަސް ތެރޭގައި، މައިގަނޑު ގޮތެއްގައި ދިޔައީ އިޤްތިޞާދު ވެއްޓިފައި އޮތް ފުން އަނދަވަޅުން މައްޗަށް ނެގުމުގެ މަސައްކަތް ކަމަށެވެ.
އެ މަސައްކަތް ބާރުމިނުގައި ކުރިއަށް އެބަދާ ކަމަށާއި، ދަރަނިތައް ދައްކަމުން، ދަރަނި މަދުކުރުމާއި، ދަރަނި އިތުރުނުވާނެ ގޮތް ހެދުމާއި އަދި އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުން ކުރިއަށްދާ ކަމަށެވެ.
“އެހެންވީމާ، މި ހުރިހާ މަސައްކަތެއް ކުރަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި ދަރަނި ދައްކަމުން، ބަޖެޓް ތެރެއިން ކޭޝް ފްލޯރ މެނޭޖް ކުރަމުން، އެކި މަސައްކަތްތައް ތަރުތީބުކޮށް ފެށިގެން ކުރިއަށް ގެންދެވޭތޯ މި ބަލަނީ” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ރާއްޖޭގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ތާއިދުކުރާ އަދި ސަރުކާރާއި އެކުގައި ތިބި ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ވޯޓް ދެއްވުމަށް އެދިލައްވަމުންނެވެ.
އަދި ރައްޔިތުންގެ ތަރައްްޤީ އަށް ކުރަން ހުރި ކަންކަން އަސްލު ސްޕީޑްގައި ކުރެވޭނީ އޭރުން ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.






