ރައްޔިތުންގެ މަޖިލިޙުގެ އިންތިޚާބު ބާއްވާ ދުވަސް ބަންދުވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރ ދުވާފަރު ރައްޔިތުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ތަރައްޤީގެ ކަންކަމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި ތަރައްޤީގެ ކަންކަމަށް ރައްޔިތުންގެ އެއްބާރުލުން ދެއްވުމުގެ ގޮތުން ރައްޔިތުންގެ ތަރައްޤީގެ ކަންކަަމަށް ސަރުކާރަށް އެއްބާރުލުން ދެއްވާނެ ރައްޔިތުންގެ މަންދޫބުން މަޖިލީހަށް އިންތިޚާބު ކޮށްދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
މަޖިލިސް އިންތިޚާބުގެ ވާހަކަ ފާހަގަ ކުރައްވަމުން ރައީސް ވަނީ މަޖިލީހުން ފޮނުއްވެވި ގޮތަށް އެމަނިކުފާނު އިންތިޚާބާއި ބެހޭ ބިލް ފާސްކުރެއްވެވި ކަމަށެވެ. އެގޮތަށް ބިލް ފާސްކުރުމުން އިލެކްޝަންސް ކޮމިޝަނަށް މަޖުބޫރުވެފައިވަނީ 21 އޭޕްރީލްގައި އިންތިޚާބު ބޭއްވުމަށް ކަމަށާއި އެދުވަސް އާދީއްތަ ދުވަހަކަށް ދިމާވަކަން އެނގިވަޑައިގަތީ ނޫސް ތަކުން ކަމަށެވެ.
ރައީސް ވިދާޅުވީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް ފޮނުވި ގޮތައް ބިލް ފާސްކުރުމުން އާދީއްތަ ދުވަހާއި ދިމާވުމުން އެމަނިކުފާނަށް ފާޑުކިޔަމުން ދާ ކަމަށެވެ. އާދީއްތަ ދުވަހަކަށް ވުމުން ވޯޓްލާން ނުކުތުމަށް އާންމުނަށް ދަތިވާނެ ކަމަށްބުނެ ފާޑު ކިޔަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަޖިލީހުން ރަމަޟާން މަހުގެ ފަހުން އިންތިޚާބު ބޭއްވުމަށް ކަނޑައެޅުމުން ހޮނިހިރު ދުވަހަކަށް އިންތިޚާބު ހެދެން ނެތް ކަމަށާއި އިންތިޚާބު އާދީއްތަ ދުވަހަކަށް ހަދަން ޖެހުނު ކަމަށް އީސީ އިން އެމަނިކުފާނަށް ދެންންވިކަމަށެވެ. އަދި އީސީ އިން އެކަން ނިންމީ އެމަނިކުފާނާއި މަޝްވަރާކުރުމެއް ނެތި ކަމަށްވެސް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.






