ބ.ހިނބަޅިދީ ބ.މާޅޮހުގެ އިޙްތިސާސްގައި އޮތަސް އެރަށް މާޅޮހުގެ ދަށަށް ލިބިފައި ނުވާތީ އެރަށުގެ ކައުންސިލުން އެކަމުގެ ކަންބޮޑުވުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި ފާޅުކޮށްފިއެވެ.
މާޅޮހަށް ވަޑައިގެން ރައީސް މުޢިއްޒު ވަނީ އެރަށުގެ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެކު ބޭއްވި ބައްދަލުވުމުގައި އެކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރަން ހުރި ކަންކަމާއި ރަށުގެ ކުރިއެރުމަށް ހުރި ކަންބޮޑުވުންތައް ރައީސް އަށް ވަނީ ޙިއްސާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ އިޚްތިޞާސް ކަނޑައެޅިއިރު ހިބަޅިދޫ ހިމެނޭ ނަމަވެސް އެރަށް ކައުންސިލަށް ނުލިބޭގޮތަށް އޮތުމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން ބަނދަރާ ގުޅިގެން ބޭނުންވާކަންކަމާއި ގިރާސަރަޙައްދު ހިމާޔަތްކުރުމާއި މާޅޮސް ސްކޫލު ރަށުގެ އެހެން ސަރަޙައްދަކަށް ރީލޮކޭޓް ކުރަން ބޭނުންވާކަމާއި އަދި މި ނޫންވެސް ރަށުގެ ތަރައްޤީއަށް މުހިންމުކަންތައްތައް ހިމެނެއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމާގުޅޭ ފަރާތްތަކުން ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.






