Close

ގޮއިދޫ ކައުންސިލުން އެދުނީ ސިއްޚީ މަރުކަޒުގެ ޖާގަ ތަނަވަސްކޮށްދީ ލެބޯޓަރީގެ ޚިދްމަތް ފަށައި ދިނުމަށް!

ބ ގޮއިދޫ ކައުންސިލުން އެރަށުގެ ސިއްޚީ މަރުކަޒުގެ ޖާގަ ތަނަވަސްކޮށްދީ އެރަށަށް ލެބޯޓަރީގެ ޚިދްމަތް ތަޢާރަފްކޮށްދިނުމަށް އެދެފިއެވެ.

ރައީސް ބ.އަތޮޅަށް ކުރެއްވެވި ދަތުުރުފުޅުގައި ބ.ހިތާދޫ އަށް ވަޑައިގެން ބ.ގޮއިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ވަނީ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ގޮއިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެން ދަތިކަން ހައްލުކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ލެބޯޓްރީގެ ޚިދުމަތް ތަރާފަރުކުރުން ހިމެނެއެވެ.

ބަނދަރު މަރާމާތުކުރުމާއި ބީޗް ތަރައްޤީކުރުމަށް ބޭނުންވާކަމާއި އަދި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރާއިރު އެސަޙައްދަށް ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެދުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަސް މަސައްކަތް ކުރަ ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އާމްދަނީ ހޯދަން ބިމެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސް ޑރ މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top