Close

ފުޅަދޫ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް އެރަށު ކައުންސިލުން އެދެފި!

ބ.ފުޅަދޫ އަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް އެރަށު ކައުންސިލުން އެދެފިއެވެ.

ބ.އަތޮޅަށް ރައީސް ކުރެއްވެވި ދަތުރުފުޅުގައި ބ.ހިތާދޫގައި އެމަނިކުފާނު ވަނީ ބ.ފުޅަދޫ ކައުންސިލް މެމްބަރުންނާއި އެރަށުގެ އަންހެނުިންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ވަނީ ބައްދަލުކުރައްވައިފައެވެ.

ފުޅަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭން ހުއްޓިފައިވާ ނުވަތަ މަޑުޖެހިފައިވާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްގެންދަން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

އޭގެ ތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތާއި ސްކޫލު ކްލާސްރޫމުތަކުގެ މަސައްކަތް އަދި މިސްކިތުގެ މަސައްކަތް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޚިދުމަތްތައް ފުޅާކުރުމާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ދަތުރުފަތުރުގެ ނިޒާމުގެ ޚިދުމަތް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސް ޑރ މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top