ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ވޯޓާސް ލިސްޓަށް ޝަކުަވާ ހުައެޅުމަށް ހުޅުވައިލައިފިއެވެ.
އިލްކެޝަން ކޮމިޝަނުން މި ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ އިއްޔެއިންް ފެށިގެން ބުރާސްފަތި ދުވަހުގެ 3:00 އާއި ހަމައަށެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ، އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިންނެވެ. އަދި މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގެ ކައުންސިލް އިދާރާއިން ކަމަށް އީސީ އިން މައުލޫމާތު ދެއެވެ.
ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މަޖިލިސް އިންތިޚާބަށް ރީރަޖިސްޓްރީވުމަށް މިމަހުގެ 14 ވަނަ ދުވަހު އީސީ އިން ހުޅުވާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚަށް ގެނައި ބަދަލާއެކު އިތުރު 560 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު އިތުރަށް ލިބިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން މަޖިލިސް އިންތިޚާބު ބާއްވާގޮތަށް މަޖިލީހުން ފާސްކުރި ބިލް، ރައީސް ޑރ.މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ.






