Close

އެސްޓީއޯ އިން ފިިޔާ ކިލޯއެއްގެ އަގު 17 ރުފިޔާއަށް ތިރިކޮށްފި!

އެސްޓީއޯ އިން ވިއްކާ ފިޔާ ކިލޯއެއްގެ އަގު 17 ރުފިޔާއަށް ތިރިކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ، މީގެކުރިން 20 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރުވަނީ 17 ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ.މީގެއިތުރުން، ކުރިން 450 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގުވަނީ 320 ރުފިޔާއަށް ކުޑަކޮށްފައެވެ.

އެސްޓީއޯ އިން ފިޔާގެ އަގަށް ގެނެސްފައިވާ ބަދަލުތައް:-

ފިޔާ ކިލޯއެއް : 17 ރުފިޔާއަށް

ފިޔާ ބަސްތާއެއް : 320 ރުފިޔާއަށް

10 ބަސްތާ ފިޔާ : 310 ރުފިޔާއަށް

20 ބަސްތާ ފިޔާ : 300 ރުފިޔާއަށް

އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކުރަނީ އިންޑިޔާއިންނެވެ.

ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކައެވެ.

ފިޔާގެ އިތުރުން އެސްޓީއޯއިން އަލުވި ވިއްކަނީ ކިލޯއެއް 15 ރުފިޔާއަށެވެ. އަދި ބިސް ވިއްކާނީ ބިހެއް 1 ރުފިޔާ 75 ލާރީގެ މަގުންނެވެ.ރަމަޟާން މަހާ ދިމާކޮށް އެންމެ ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އަދި މިބާވަތްތަކުގެ ޑިމާންޑް ބޮޑުވުމާއިއެކު، ރާއްޖޭގެ ފިހާރަތަކުންނާއި، ބާޒާރުން އެބާވަތްތަކުގެ އަގު ރަމަޟާން މަހާއި ދިމާކޮށް އުފުލެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top