Close

ރޯދަވެރިޔާ އަރާރުންވުމާއި ދެބައޮޑުވުން ފަދަ ކަންކަމުން ދުުރުހެލި ވާންޖެހޭ!

ރޯދަވެރިޔާ އަރާރުންވުމާއި ދެބައޮޑުވުން ފަދަ ނުބައި ކަންކަމުން ދުރުހެލި ވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުުރު ޚުތުބާގައި ބުނެފައިވަނީ ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެއް ކަމަށެވެ.

މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާޠިލުނުވިޔަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ޘަވާބެއް ނުލިބޭނެ ކަމަށާއި، ރޯދަވެރިޔާ ހަމައެކަނި ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

“މާތް ﷲ އެދިވޮޑިގަންނަވާ މޭވާއާ ހިސާބަށް ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަތް ޚާލިޞްކޮށް، ކަންދެއްކުމެއްނެތި، މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ރޯދަ ހިފުމުންނެވެ. މާތް ﷲ އަށް އީމާންވެ އެކަލާނގެއަށް އިޚްލާޞްތެރިވެ މަޖުބޫރުކަމެއް ނުވަތަ ބުރަހެލި ކަމެއްނެތި ރޯދަ ހިފުމުން” ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމަށާއި އަރަހުށި މާތް ﷲ އަށް ކުއްތަންވުމުގެ މައްސަރު ކަމަށް މިއަދުގެ ޚުތުބާަގއި ބުނެފައިެވއެވެ. މިހެންވެ ސަލަފުއްޞާލިޙުން މި މާތް މައްސަރުގެ ރޭތަކާއި ދުވަސްތައް، އަޅުކަންކުރެއްވުމުގައި ގަދައަޅުއްވައި މަސައްކަތް ކުރެއްވި ކަމަށާއި، އިމާމު މާލިކު (رحمه الله) ރަމަޟާން މަސް އައުމުން ޙަދީޘް ޢިލްމު ކިޔަވައި ދެއްވުން ހުއްޓަވާލައްވައި، ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވުމަށްޓަކައި ވަގުތު ހުސްކުރައްވާ ކަމަސްވެސް ހުކުުރ ޚުތުބާގައި ބުނެފައިވެއެވެ.

“ވީމާ ރަމަޟާން މަހުގައި ކީރިތި ޤުރްއާން ކިޔެވުމަށް ސަމާލުކަން ދޭށެ، ރޯދަހިފައި ކީރިތި ޤުރްއާންކިޔަވާ މީހާއަށް ޤިޔާމަތް ދުވަހު ރޯދައާއި، ކީރިތި ޤުރްއާން މާތް ﷲ ގެ ޙަޟްރަތުގައި ޝަފާޢަތްތެރި ވާނެކަމަށް ވާރިދުވެގެންވޭ” ހުކުުރު ޚުތުބާގައި ބުނެފައިވެއެވެ.

ރަމަޟާން މަހަށް މަރުޙަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެނެއް ނޫން ކަމަށްވެސް މިއަދުގެ ޙުތުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top