Close

މިރަމަޟާން މަހުގެ ފުރަތަމަ ފޯރަމް ލ.ފޮނަދޫގައި

1445ވަނަ އަހަރުގެ ރަމަޟާން މަހުގެ އެންމެ ފުރަތަމަ ފޯރަމް ލ.އަތޮޅު ފޮނަދޫގައި މިރޭ އޮންނާނެއެވެ.

އިސްލާމީ ކަންކަންމާއި ބެހޭ ވުޒާރާއިން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ މިފޯރަމްގައި ތަޤްރީރް ކުރައްވާނީ އިސްލާމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޢަބްދުﷲ ސަޢުދާން އެވެ.

މި ފޯރަމްގެ މަޢުޟޫއެއްގެ ގޮތުގައި ކަނޑައަޅުއްވައިފައިވަނީ ރަމަޟާން ނަހަށް މަރުޙަބާ ކިޔުމެވެ. މިިފޯރަމް އޮންނާނީ މިރޭ 21:30 ގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

އިސްލާމީ ވުޒޒާރާއިން ބުނެފައިވަނީ މިއަހަރުވެސް ދަރިވަރުންގެ އިޙްޔާ ފޯރަމްތައްވެސް ކުރިއަށް ދާނެ ކަމަށެވެ.

ރަމަޟާން މަހުގައި ބާއްވާ އިޙްޔާ ފޯރަމް އަކީ ޒަމާނުއްސުރެވެސް ރާއްޖޭގައި ކޮށް އުޅޭ ކަމެކެވެ. އެގޮތުން ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ދައުރުގައި މިޞްރުގެ ޖާމިޢަތުލް އަޒްހަރުގެ އިލްމުވެރިން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ޖަލްސާތައް ބާއްވައެެވެ.

ރައީސް މައުމޫންގެ ދައުރަށްފަހު އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާ އުފެދި ރަމަޟާން މަހުގެ ރޭތަައް އިޙްޔާ ކުރުމުގެ ޖަލްސާތައް ފޯރަމް ތަކަށް ބަދަލު ކުރެވިގެން ދިޔައެވެ.

ކުރިން މި ފޯރަމް ތައް ބޭއްވިފައިވަނީ މާލޭގައެވެ. ނަމަވެސް މިހާރު ރަމަޟާން މަހުގެ ފޯރަމްތައް ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގައިވެސް ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ފޯރަމްތައް ވަނީ ބާއްވަން ފަށައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top