Close

އަތޮޅު އިޙްޔާގެ ތިންވަނަ ފޯރަމް މިރޭ ތިނަދޫ ސިޓީގައި!

ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގިތުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އަތޮޅު އިޙްޔާ ފޯރަމް 1445 ގެ ތިންވަނަ ފޯރަމް މިރޭ ގދ ތިނަދޫ ސިޓީގައި އޮންނާނެއެވެ.

މި ފޯރަމް ގައި ޢާންމުނަށް މަޢުލޫމާތު ދެއްވައި ވާހަކަ ދައްކަވަނީ އައްޝައިޚް މުޙައްމަދު އިމްތިޠާޢު ޢައްބާސްއެވެ.

މިރޭގެ ފޯރަމްގެ މަޢުޟޫއެއްގެ ގޮތުގައި ހަމަޖައްސަވައިފައިވަނީ ފިޤްހު ހޯދުމުގައި ހެޔޮ ގޮތް އިޚްތިޔާރު ކުރުމެވެ. މިފޯރަމް އޮންނާނީ ތިނަދޫ އާބާދީ މަރުކަޒުގައި މިރޭ 21:30ގައެވެ.

އިޙްޔާ ފޯރަމް ތަކަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ރަމަޟާން މަހު ބާއްވަމުން އަންނަ ފޯރަމް ތަކެކެވެ.

މިއަހަރުގެ އެންމެ ފުރަތަމަ އިޙްޔާ ފޯރަމް ބާއްވައިފައިވަނީ ލ.އަތޮޅު ފޮނަދޫގައެވެ. އެފޯރަމްގައި ވަހަކަފުޅު ދެއްކެވީ އައްޝައިޚް ޢަބްދުﷲ ސަޢުދާންއެވެ.

ދެވަނަ ފޯރަމް އަށް ބާއްވާފައިވަނީ ދަރިވަރުންގެ ފޯރަމް އެކެވެ. މި ފޯރަމް އޮތީ މާލެ ސިޓީގައެވެ. މި ފޯރަމް ހުށައަޅައި ދިނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުން އިސްލާމިއްޔަގެ ދަރިވަރުންނެވެ.

އޭގެ ފަހުން މާލެ ސިޓީގައި ތިންވަނަ އިޙްޔާ ފޯރަމް ވެސް ވަނީ ބާއްވައިފައެވެ. މިފޯރަމްގައި މަޢުލޫމާތު ދެއްވެވީ އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އެއަށްފަހު ބ އޭދަފުށީގައި އަތޮޅު އިޙްޔާ ފޯރަމްގެ ފޯރަމްގެ ފޯރަމެއް ބާއްވާފައިވާ އިރު މި ފޯރަމްގައި ވާހަކަ ފުޅު ދެއްކެވީ އައްޝައިޙް އަޙްމަދު މާޖިދުއެވެ. އަދި އޭގެ ފަހުން މާލެ ސިޓީގައިވެސް ވަނީ އިޙްޔާ ފޯރަމް އެެއް ބާއްވައިފައެވެ. އެ ފޯރަމްގައި ވާހަކަ ފުޅު ދެއްކެވީ ޑރ ޢަބްދުއްސައތާރް ޢަބްދުރަޙްމާންއެވެ.

އަދި ރޭ ވަނީ ދަރިވަރުންގެ ދެވަނަ އިޙްޔާ ފޯރަމް ކުރިއަށް ގެންގޮސްފައެވެ. މި އިޙްޔާ ފޯރަމް ހުށައަޅައިދީފައިވަނީ ސީއެޗްއެސްސީގެ ދަރިވަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top