Close

މަޖިލީހުގައި އަންހެން މެމްބަރުން އިތުރުކޮށް، ޖުމްލަ މެމްބަރުން މަދުކުރުމަށް އިސްލާޙެއް ހުށައަޅައިފި!

މަޖިލީހުގައި ތިބޭ އަންހެން މެމްބަރުން އިތުރުކޮށް، މަޖިލީހުގެ ޖުމްލަ މެމްބަރުން މަދުކުރުމަށް މަޖިލީހުގެ ތަޅުމަށް އިސްލާޙެއް ހުށައަޅައިފިއެވެ.
މި އިސްލާޙް ހުށައަޅައިފައިވަނީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމެވެ.
ޢާޒިމްގެ ހުށައެޅުމުގެ ފުރަަތަމަ ކިޔުން އިއްވުން މިއަދުގެ މަޖިލިސް ޖަލްސާއަސް ވަނީ ތާވަލުކޮށްފައެވެ. މި ބިލުގައި މެންބަރުންގެ ޢަދަދާއި މެންބަރުން އިސްލާހުކުރެވޭ ގޮތަށް ބަދަލުގެންނަން ވަނީ ހުށަހަޅައިފައެވެ.
އެގޮތުން، ޤާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ނ އެއް އިތުރުކުރަން އާޒިމް ވަނީ ހުށަހަޅުއްވައިފައެވެ. އެ އަކުރުގައި ބުނަނީ:
• އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް އެއް މެންބަރު
• އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެންބަރުން
• އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެންބަރުން
• އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެންބަރުން
• އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމުލަ އާބާދީ 36،000 އަށްވުރެ ބޮޑުނަމަ ފަސް މެންބަރުން

ހަމަ މިއާއި އެކު ޢާޒިމްގެ މި އިސްލާޙުގައި ޤާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް ރ. އަދި ބ. އިތުރުކުރަން ހުށަހަޅައިފައެވެ.
އެއީ:-

• ޕާޓީތަކުން ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާއެއް އަންހެނުންނަށް ހާއްސަކުރަންވާނެ
• އެކަން ކަށަވަރުކުރަން ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި ތަފުސީލު ބަޔާންކުރަންޖެހޭ

މި އިސްލާހުގައި ބުނެފައިވާގޮތުން އިސްލާހު ފާސްވެ، ތަސްދީޤުކުރުމާ އެކު ޢަމަލުކުރަން ފެށި ނަމަވެސް އެގޮތަށް މެންބަރުން އިންތިޚާބުކުރާނީ މަޖިލީހުގެ މި ހިނގާ ދައުރަށް ފަހު ދެވަނައަށް އިންތިޚާބުކުރާ މަޖިލީހުން ފެށިިގެންނެވެ.
މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުކުރަން ޤާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅާފައިވާއިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ބިލެއް ހުށަހަޅުއްވައިފައެވެ. އެ ބިލަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ތާއީދުކުރާނެ ކަމަށް ވަނީ ބުނެފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top