ރ.އަލިފުށީގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތްކަމުގައިވާ އަބްދުއްރަޙުމާން މޫސާއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި އެއްބަސްވުމަކީ އަލިފުށީގައި، 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައެވެ.
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 (ހަތްސަތޭކަ ތިރީސް ދެ ) ދުވަހެވެ






