ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށް އަމިއްލަ ފަރާތަކާއި އެކު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްލާމީ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މިއެއްބަސްވުމަކީ ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
މިއެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ މިސްކިތް ބިނާކުރާ މުޙައްމަދު ޔޫސުފް އާއި އިސްލާމީ ވުޒާރާއާއި ދެމެދުއެވެ.
މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ މުޙައްމަދު ޔޫސުފްގެ އަމިއްލަ ޚަރަދުގައެވެ.






