Close

މާލޭގެ ސަރަހައްދުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ސިޓީ ކައުންސިލަށް ހިއްސާކުރެވޭނެހެން ހަދައިފި!

މާލޭގެ އެކި ސަރަހައްދު ތަކަށް ކުނި އަޅާ މައްސަލަ ބޮޑުވެ މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އާއި ވީޑިއޯ ސިޓީ ކައުންސިލަށް ހިއްސާ ކުރެވޭނެ ޙާއްސަ އިންތިޒާމެއް އެކައުންސިލުން ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ މޭޔަރ އާދަމް ޢާޒިމް ވަނީ ޓްވިޓަރގައި މިކަމާއި ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފައިވާ އިންތިޒާމް ހިއްސާކުރައްވައިފައެވެ.

އެގޮތުން ފޮޓޯ އާއި ވީޑިއޯ އާއި ހިއްސާ ކުރުމަށް 9341144 ނަމްބަރު ވައިބަރ އަދި ވަޓްސްއެޕް ނަންބަރު ބޭނުން ކުރުމަށް ވަނީ ވިދާޅުވެފައެވެ. އަދި ފޮޓޯ އާއި ވީޑިއޯ އަދި ޝަކުވާ ވެބްސައިޓް މެދުވެރިކޮށް ވެސް ހުށައެޅޭނެއެވެ.

ރަމަޟާން މަހާއި ދިމާކޮށް ގެތައް ސާފުކުރުމަށް އާންމުން ފެށި މަސައްކަތާއި އެކު މާލޭގެ އެތައް ތަނަކަށް ވަނީ ކުނިއަޅައިފައެވެ. އަދި އެކުނިތައް ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ދަނީ އަދިވެސް ކުރަމުންނެވެ.

ރަމަޟާން މަހަށް ސާފުކޮށް ކުނިނެރެ މަގުތަކަށް އަޅަން ފަށައި، އަދިވެސް އެތައްބަޔަކު ދަނީ މަގުތަަކަށް ކުނިއަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top