Close

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް މާފުދީ ނުވަތަ އަދަބު ލުއިކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ރައީސް މުޢިއްޒު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަ މީހުންނަށް މާފުދީ ނުވަތަ އަދަބު ލުއިކޮށްދިނުމަކީ ބަލައިގަނެވެނެ ކަމެއްނޫން ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވެވި ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވެފައިވަނީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫންކަމަށެވެ.

މީގެއިތުރުން މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން ކަމަށާއި، މި ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމަށް އެމަނިކުފާނު ވަނީ ގޮވައިލައްވައިފައެވެ.

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވެފައިިމިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ ބައެެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް، ކޯޓުން ލުއިދީ، އަދި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ޑައުންލޯޑުކުރި މީހަކާއެކު އެއްބަސްވުމެއް ހަދާފައިވާތީ އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް ލިބެމުންދާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top