Close

ފުރަތަމަ ދިހައެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވޭ: އިސްލާމީ ވުޒާރާ

ރަމަޟާން މަހުގެ ފުރަތަމަ ދިހައެއްގައި ފިތުރު ޒަކާތުގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނެފައިވަނީ އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދިހަ ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ އެއްމިލިޔަން ފަސްލައްކަ ނުވަދިހަ ނުވަހާސް އެއްސަތޭކަ ތޭރަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެގޮތުން އެވުޒާރާގެ ކައުންޓަރަށް 206،814 ރުފިޔާ ލިބިފައިވާއިރު، ބަނޑޭރި ޕޭ - 117,494 ރުފިޔާ އަދި ބީއެމްއެލް (އޮންލައިން) - 759,407 ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން އިސްލާމިކް ބޭންކް (އޮންލައިން) - 279,376 ރުފިޔާ، ދިރާގު އެސްއެމްއެސް - 13,205 ރުފިޔާ، ދިރާގު އޮންލައިން - 42,392 ރުފިޔާ، ދިރާގު ޕޭ - 1،425 ރުފިޔާ، އުރީދޫ އެސްއެމްއެސް - 12,366 ރުފިޔާ، އުރީދޫ އެމްފައިސާ - 46,380 ރުފިޔާ އަދި

ފަހިޕޭ އޮންލައިން - 120,254 ރުފިޔާ ވަނީ ލިބިފައެވެ.

ރަމަޟާން މަހުގެ ފަހު 10 ގައި (ސަރުކާރު ބަންދު ދުވަސްތަކުގައި) ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އެރަށެއްގެ ކައުންސިލްތަކުން ހަމަޖައްސާނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ރަމަޟާން މަހުގެ 27 ވާ ދުވަސް ކަމަށް ވާ އޭޕްރިލް 6 ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް ބީއެމްއެލް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top