Close

ފިޠުރު ޢީދު ދުވަހު ދެގަޑިއިރަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ!

ފިޠުރު ޢީދު ދުވަހު ދެގަޑިއިރަށް މާލޭގައި އެއްގަމު އުޅަނޑު ދުއްވުން މަނާ ކޮށްފިއެވެ.

މިކަން މިގޮތައް ނިންމައިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 140 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

މި ޖަލްސާގައި، ޢީދު ދުވަހު ފައިމަގުގައި އުޅޭ ގަޑިއެއް ކަނޑައެޅުމަށް ފުރަތަމަ ހުށަހެޅުއްވީ، މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލް މެމްބަރު އަޙުމަދު ޒަމީރުއެވެ.

އޭނާ ހުށަހެޅުއްވީ ޢީދު ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް ހަތަރު ގަޑިއިރަށް ވެހިކަލް ދުއްވުން މަނާކޮށް އެވަގުތަކީ ފައިމަގުގައި އުޅޭ ވަގުތުކޮޅަކަށް ހެދުމަށެވެ.

ނަމަވެސް، އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ޖަލްސާގެ ކޯރަމަށް ހާޒިރުވެ ތިއްބެވި 11 ބޭފުޅުންގެ ތެރެއިން 4 ބޭފުޅުންނެވެ.

ބާކީ 7 ބޭފުޅުން ތާއީދުކުރެއްވީ ހަވީރު 16:00 އިން ފެށިގެން 18:00 އަށް ދެ ގަޑިއިރަށް ވެހިކަލް ދުއްވުން މަނާކުރުމަށެވެ.

މިކަމާ ގުޅޭގޮތުން ކުރި ބަހުސަށްފަހު ކައުންސިލުން ނިންމާފައިވަނީ، ޢީދު ދުވަހު 16:00 އިން 18:00 އަކީ މާލޭގައި ހިނގާފައި އުޅޭ ވަގުތުކަމުގައި ކަނޑައެޅުމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top