Close

ރަމަޟާންމަހުގެ ފަހު ދިހައެއްގައި ކަސްޓަމްސްގެ ޚިދްމަތްތައް ދޭނެ ގަޑިތައް ޢާންމުކޮށްފި!

ރަމަޟާންމަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ އިދާރާތައް ބަންދު ވިޔަސް ކަސްޓަމްސްގެ ޚިދްމަތް ދިނުމަށް ހަމަޖައްސައި އެއިދާރާއިން ޚިދްމަތް ދޭނެ ވަގުތުތައް އާންމުކޮށްފިއެވެ.

ކަސްޓްމްސް އިން ކޮސްފައިވާ ޓްވީޓެއްގައި ބުނެފައިވާ ގޮތުން އެއިދާރާއިން ޚިދްމަތް ދިނުމަށް ޖެހިފައިވާ ގަޑިތަކަކީ:-

- ކަސްޓަމްސް ހެޑް އޮފީސް: ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް

- ހއ.އުލިގަން، ހދ.ހަނިމާދޫ، ލ.ގަން، ގއ.ވިލިނގިލި ކަސްޓަމްސް: ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް

- ޕޯސްޓު ބިލްޑިން: ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 13:30 އަށް

މީގެ އިތުރުން ކަސްޓަމްސް ސަޕޯޓް ސެންޓަރ، ސީ ކާގޯ ޑޮކިއުމެންޓޭޝަން، ސީ ކާގޯ އެގްޒޭމިނޭޝަން، ހާބޯ މެނޭޖްމަންޓް، ހުޅުމާލޭ ސީ ކާގޯ އެގްޒޭމިނޭޝަން، ބަޖެޓް އެންޑް ރެވެނިޔު ކޭޝް ކައުންޓަރުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ހަވީރު 16:00 އަދި ރޭގަނޑު 21:00 އިން މެންދަމު 01:30 ގެ ނިޔަލަށެވެ.

އަދި އެއާ ކާގޯ ޑޯކިއުމެންޓޭޝަންގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 06:30 އިން މެންދަމު 02:00 އަށް، އަދި އެއާ ކާގޯ އެގްޒޭމިނޭޝަންގެ ޚިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން މެންދަމު 02:00 އަށް ލިބޭނެކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top