Close

ޢުމްރާއަށް ދާ ޖަމާޢަތަކީ ރަސްމީ ހުއްދަ އޮތް ޖަމާޢަތެއްތޯ ބައްލަވާ: ވަޒީރު ޝަހީމް

ޢުމްރާއަށް ދާ ޖަމާޢަތަކީ ރަސްމީ ހުއްދަ އިތް ޖަމާޢަތެއްތޯ ބެލުމަށް އިސްލާމީ ކަންކަންމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވަނީ އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ ޢުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ވަޒީރު ޑރ ޝަހީމް މިފަދަ އިލްތިމާސެއް ކުރައްވައިފައިމިވަނީ ރާއްޖެއިން ބަޔަކު ޢުމްރާއަށްގެންދާ ގްރޫޕަކުން ބަޔަކު ޢުމްރާއަށް ދިޔުމަށް ފައިސާ ދައްކައި މައްސަލަ ތަކެއް ދިމާވެގެންކަމަށްބުނެ ދަތިކަމެއް ކުރިމަތިވެފައިާ ކަަމަށް ބުނި މައްސަލައެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވަގުތެއްގައެވެ.

ޢުމްރާއަށް ގެންދާ ގްރޫޕްތަކުގެ ފަރާތުން ދޭތެރެދޭތެރެއިން މިފަދަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top