Close

ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ފަށައިފި!

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ފަށައިފިއެވެ.

ސިނަމާލެ ބްރިޖްގެ މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެބްރިޖް ހެދުމުގެ މަސައްކަތް ކުރި ޗައިނާގެ ކުންފުނި ސީސީސީސީ ކުންފުންޏާއި އެވެ.

އެކުންފުންޏާއި މިމަސައްކަތް ހަވާލިކޮށްފައިވަނީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރާ ގޮތައް ތިން އަހަރުދުވަހުގެ މުއްދަތަށެވެ.

ީ މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ ބްރިޖް މަރާމާތާއި ގުޅޭ ފަންނީ މަސައްކަތްތަކާއި މެއިންޓަނަންސް އަދި ބްރިޖްގެ ޙާލަތާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

މެއިންޓެނަންސް މަސައްކަތް ޗައިނާ ކުންފުންޏާ ހަވާލުކުރާ މުއްދަތު ނިމުމުން އެކަމާ ހަވާލު ވެވޭނެ ފެންވަރަށް ދިވެހިން ބިނާކޮށް, ދިވެހި ޓީމުގެ ބެލުމުގެ ދަށުން އެމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި ޓީމަށް ބޭނުންވާ ހުރިހާ ތަމްރީނުތައް ހިންގާނީ ސިނަމާލެ ބްރިޖު މެއިންޓެނަންސް މަސައްކަތްތައް ކުރުމުގެ ތެރެއިން ކަމަށްވެސް އެވުޒާރާއިން މައުލޫމާތު ދެއެވެ.

ބްރިޖްގެ މެއިންޓެނަންސް މަސައްކަތްތަކަށް ދިވެހިން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ ބްރިޖް އިންޖީނިއަރިން, ރޯޑް އިންޖީނިއަރިން, އިލެކްޓްރޯ މެކޭނިކަލް, ޓްރެފިކް ސޭފްޓީ, ފެސިލިޓީ ލޭންޑްސްކޭޕިން އަދި ބްރިޖު މެއިންޓެނަންސްގެ ދާއިރާތަކުންނެވެ.

ބްރިޖް ގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމުގެ ތެރޭގައި، ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި، 6 މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު 1 ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތްތައް ވެސް ހިމެނެއެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top