Close

35 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭ ޕެކޭޖްތައް ތަޢާރަފްކޮށްފި!

35 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭ ޕެކޭޖްތައް ތަޢާރަފްކޮށްފިއެވެ.

ސަރުކާރުން މިއަދު ވަނީ އާސަންދަ ސްކީމްގެ ދަށުން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށް މެޑިކަލް ޗެކަޕް ހެދުމަށް ބޭނުންވާ ޕެކޭޖުތައް ތއާރަފްކޮށް ސުކޫލްތަކުގެ ދަރިވަރުންނަށާއި އުމުރުން 18 އަހަރުން ދަށުގެ އުމުރު ފުރާ އަށްވެސް ހާއްސަ ސްކްރީނިންގ ސަރުކާރު ހޮސްޕިޓަލް މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖައްސަވައިފައެވެ.

މިކަމާއި ގުޅިގެން އާސަންދައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1 ޖަނަވަރީގައި ނެރެވުނު ޕެކޭޖްތައް ތަންފީޒުކުރުމުގައި ދިމާވި ބައެއް ދަތިތަކަށް ރިޢާޔަތްކޮށް މިފަހަރު އުމުރުފުރާ ތަކާއި ޕެކޭޖްތަކަށް ބަދަލު ގެނެވުފައިވާ ކަމަށެވެ. އެގޮތުން 19 އަހަރުން މަތީގެ އުމުރުފުރާތަކަށް ހާއްސަ ކުރެވުފައުވާ އަސާސީ ޕެކޭޖްތަކަށް ބަދަލު ގެނެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އާސަންދައިން އިތުރަށް ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން އިތުރުކުރެވޭ އުމުރުފުރާ 35 އަހަރުގެ އިތުރުން އުމުރުން 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓްތައް އެކުލެވޭ ޕެކޭޖެއް ކަމަށެވެ.

އަދި ކެންސަރު ސްކްރީނިން ޓެސްޓްތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ކަނޑައަޅާފައިވާ ޓެސްޓްތައް ފިޔަވައި އެހެން ޓެސްޓްތައް ސްކީމްގެ ތެރެއިން އަހަރަކު އެއްފަހަރު ހެއްދޭނެ ކަމަށް އާސަންދައިން ބުނެފައިވެއެވެ. ހަމައެހެންމެ، ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ކަނޑައަޅާފައިވާ ޓެސްޓްތައްވެސް ޑޮކްޓަރ ލަފާދީފިނަމަ ސްކީމްގެ ތެރެއިން ހެދޭނެ އިންތިޒާން ހަމަޖެހިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހަފްތާ 14 ގެ މަގުޗާޓުގައި ހިމެނިފައިވާ ކަންތައް ތަކުގެ ތެރޭގައި އަހަރަކު ދެފަހަރަކު ކޮންމެ ރައްޔިތަކަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ފުރުސަތު ތަނަވަސްވެފައިވެއެވެ. އެގޮތުން ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ 50 އަހަރުން މަތީގެ އުމުރުފުރާއަށް ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top