ފިޔުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ސުހައިލް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ އެމަނިކުފާނު މިނިވަން ކުރުމާއި މެދު ދެެއްކެވި ވާހަކަ ފުޅަށް، ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ރައީސް ޔާމިން އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އުފައްދަވަފައިވާ ޕާޓީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވެފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެމަނިކުފާނު މިނިވަން ކޮށްދެއްވުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށާއި ރައީސް މުޢިއްޒު ހަމައެކަނި ކުރައްވާ ކަމަކީ އެމަނިކުފާނުގެ ޝަރީޢަތް ލަސްކުރެއްވުން ކަމަށެވެ.
ރައީސް ޔާމިންގެ މިވާހަކަފުޅު ތަކަށްފަހު އެފްއެސްއެމް އެމްޑީ ސުހައިލް ސޯޝަލް މީޑިއާގައި ކުރައްވައިފައިވާ ދެޕޯސްޓެއްގައި ވަނީ ރައީސް ޔާމިނަށް ރައްދުދެއްވައިފައެވެ.
އެގޮތުން ސުހައިލްގެ އެއްޕޯސްޓުގައި ވިދާޅުވެފައިވަނީ ކަތިވަޅި ގެއްލި މަރިޔަނބުގެެއްލި ކޮށި ދަނޑު ގެއްލިދިަޔައިމާ ގެއްލިދިޔަ އެތި ބޮޑުވެގެން އަނބުރާ ލިބޭނެ ކަމަށް ތެޅި ފޮޅެނީ ކަމަށެެވެ.
މީގެއިތުރުން ޅެން ބައިތަކުންވެސް ސުހައިލް ވަނީ ރައީސް ޔާމިނަށް ރައްދުދެއްވައިފައެވެ.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fismaalsuhail%2Fposts%2Fpfbid036YC2gb96ASCd2vokd93sdrQuCYvPcXqgbPkTmJ7jKsY6zJDvUKYVQpqxVqd2HqK6l&show_text=true&width=500" width="500" height="474" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>
އެފްއެސްއެމްގެ އެމްޑީ ސުހައިލް ފާހަގަކުރެވިފައިވަނީ ކުރިން ރައީސް ޔާމިންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އަދި ކުރިން ނިމިދިޔަ ޕީޕީއެމްގެ ސަރުކާރުގައިވެސް ސުހައިލް ވަނީ އިސްމަގާމުތަކެއް ވަނީ ފުރުއްވައިފައެވެ.






