Close

ފުވައްމުލަކުގައި ފަތުރުވެރިޔާ އަތުން ފޭރުނުތަކެތި އަނބުރާ ހޯދައިފި!

ފުވައްމުލަކުގައި ފަތުރުވެރިޔާ އަތުން ފޭރުނުތަކެތި އަނބުރާ ހޯދައި އެތަކެތި އޭނާ އާއި ހަވާލުކޮށް ފަތުރުވެރިޔާގެ އަތުން ފޭރުނު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން ޝިފާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލައިގެ ތަޙްޤީގަށް ދެ މީހަކު ބަންދަށް ގެނެވިފައި ވާކަމަށެވެ. އަދި ގެއްލިގެން ހުށަހެޅުނު ހުރިހާ ތަކެއްޗެއް ފުވައްމުލަކު ސިޓީ ޕޮޮޮލިސްގެ ފުލުހުން ވަނީ ހޯދާފައިވާކަމަށްވެސް ޝިފާން ވަނީ ވިދާޅުވެފައި ވެއެވެ.

ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެއްގެ ތަކެތި ވަގަށް ގެންގޮސްގެން އެފަތުރުވެރިޔާގެ ކަންބޮޑުވުންތައް ވަނީ ސޯޝަލް މީޑީއާގައި ހާމަކޮށްފައެެވެ.

އޭނާ ބުނެފައިވަނީ އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އެ ޑްރޯންގެ އަގުގެ ވާހަކަ ދެއްކި ކަމަށެވެ.

އެ ކުދިން ދިޔަ ފަހުން ޑްރޯން ތިރިކޮށްފައި އޭނާ މޫދަށް އެރުނީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އޭރު ޑްރޯން އާއި ދެ ދަބަސް ބޭއްވީ ތުވާލި ދަށުގައިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top