Close

އިމިގްރޭޝަންގެ ޑެޕިޔުޓީ ކޮންޓްރޯލަރ އަކަށް އަޝްފާން!

މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިޔުޓީ ކޮންޓްރޯލަރ އަކަަށް އަހްމަދު އަޝްފާން އައްޔަނުކޮށްފިއެވެ.

ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަޝްފާން ހަމަޖައްސާފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފައިވަނީ އެ މުއައްސަސާއިން ކޮށްފައިވާ ޓްވީޓެއްގައެވެ. މި ޓްވީޓުގައި އިމިގްރޭޝަނުން ވަނީ އަޝްފާނަށް މަރުހަބާ ކިޔާފައެވެ.

މި މަގާމަށް އަޝްފާން ހަމަޖެއްސުމާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވަހީދު މަރުހަބާ ދެންނެވުމަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޝްފާން މި މަގާމުގައި ހުންނަވައިގެން އިމިގްރޭޝަން އިތުރު ހަރުފަތަކަށް ގެންގޮސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލރ ގެ މަގާމަށް ހަމަޖައްސައިފައިވާ އަޝްފާން އަކީ އެ މުއައްސަސާގައި 18 އަހަރު މަސައްކަތްކޮށްފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އަޝްފާން އަކީ މީގެ ކުރިން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގައި ކުޅެފައިިވާ ކުޅުންތެރިއެކެވެ. އަދި އަޝްފާން އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް(ދަނގަޑޭ)ގެ ބޭބެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top